މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އެސް.ޕީ.އޯ އަޙްމަދު ލުގްމާން ހަމަޖައްސަވައިފި

luqman sir

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް ސީނިއަރ ޕްރިޒަން އޮފިސަރ އަޙްމަދު ލުގްމާން ހަމަޖައްސަވައިފިއެވެ.

ސީނިއަރ ޕްރިޒަން އޮފިސަރ އަޙްމަދު ލުގްމާން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޤާނޫނު ނަމްބަރު 1/2014، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އެޤާނޫނުގައިވާ ގޮތުގެމަތިން މަޢުލޫމާތު ފޯރުކޮށްދޭ އިންފޮރމޭޝަން އޮފިސަރުގެ ގޮތުގައެވެ. މި މަގާމަށް ސީނިއަރ ޕްރިޒަން އޮފިސަރ އަޙްމަދު ލުގްމާން ހަމަޖައްސާފައިވަނީ މިހާރު އަދާކުރަމުން އަންނަ މަސްއޫލިއްޔަތުތަކުގެ އިތުރުންނެވެ.

 

އެސްޕީއޯ އަޙްމަދު ލުގްމާން އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ހެޑްއެވެ. އަދި ޕްރިޒަން އެކަޑަމީ އާއި އައިޓީ ސެކްޝަނުގައިވެސް އެސްޕީއޯ އަޙްމަދު ލުގްމާންވަނީ މަސައްކަތްކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއިގުޅޭ މައުލޫމާތު ހޯދުމަށް އެސްޕީއޯ އަޙްމަދު ލުގްމާންއަށް އީމެއިލް ކުރާނީ media@corrections.gov.mv އަދި ގުޅާނީ 9553500 ށެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *