މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އަށް ކޮންޓްރެކްޓް އުސޫލުން ތިން މަގާމަކަށް މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ.

އިއުލާން ކުރެވުނު ތިން މަގާމަކީ މާފުށީ ޖަލުގެ މިސްކިތު މުދިމުގެ މަގާމްއާއި އެ ޖަލުގެ ލޯންޗް ކެޕްޓަންގެ މަގާމާއި ފަޅުވެރިންގެ މަގާމެވެ. މިގޮތުން މުދިމުގެ މަގާމަށް އެއް މުވައްޒަފު ބޭނުންވާއިރު ލޯންޗް ކެޕްޓަންގެ މަގާމަށާއި ފަޅުވެރިންގެ މަގާމަށް ބޭނުންވަނީ، މަގާމަކަށް ދެ މުވައްޒަފުންނެވެ.

މި މަގާމްތަކަށް ސުންގަނޑި ހަމަވާނީ 08 މެއި 2016 ވާ އާދިއްތަ ދުވަހު 15:00 އަށެވެ.

މި މަގާމުތަކުގެ އިއުލާންތައް ވަނީ އެމްސީއެސްގެ ވެބްސައިޓް www.corrections.gov.mv ގައި އާއި ދިވެހިރާއްޖޭގެ ގެޒެޓް http://www.gazette.gov.mv/ ގައި ޝާއިއުކުރެވިފައެވެ.