މާފުށީ ޖަލުގައި ހުންނަ ފިހާރައިގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާފުށީ ޖަލުގައި ހުންނަ ފިހާރައިގައި ރޭ މެންދަމު 2:57 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަޔަރ ޓީމުން ވަނީ ގާތްގަނޑަކަށް 30 މިނެޓް ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިންވާލައިފައެވެ.

މި ހާދިސާގައި ފިހާރައާއި ފިހާރައިގެ އިމުން ހުންނަ ގުދަން އެއްކޮށް އަންދާފަކަމަށް މާފުށީ ޖަލުން މަޢުލޫމާތުދެއެވެ. އަދި އެ ސަރަހައްދުގައި ހުންނަ މުވައްޒަފުންގެ ބްލޮކެއްވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފަކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށްވެސް އެޖަލުން މަޢުލޫމާތުދެއެވެ.

މި އަލިފާނުގެ ހާދިސާ ތަހުގީގުކުރުމުގެ ގޮތުން އެމްއެންޑީއެފްގެ ޓީމަކާއި ޕޮލިހުންގެ ޓީމެއް މާފުށީ ޖަލުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.