ކާނަލް ރިޓަޔަރޑް ނާޒިމްގެ އާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމްގެ ބޭސް ފަރުވާގެ މުއްދަތް އިތުރު ކުރެވެން ނެތް ކަމަށް އަންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އާއި ރައްޔިތުންގެ މަޖްލިހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމްގެ ބޭސް ފަރުވާގެ މުއްދަތު އިތުރު ކުރެވެން ނެތް ވާހާކަ އެފަރާތްތަކަށް މިއަދު އަންގައިފިއެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވީ މި ދެ ބޭފުޅުންނަށް މިއަދުން ފެށިގެން 48 ގަޑިއިރު ތެރޭގައި މި ސަރވިސްއަށް ހާޒިރުވުމަށް އަންގާފައިވާނެކަމަށާއި އަދި އެ މުއްދަތު ތެރޭގައި ހާޒިރު ނުވެއްޖެނަމަ، މި ސަރވިސް އިން އެ ބޭފުޅުން ގެނެއުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވާނީ އަންގާފައިކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ މީގެ ކުރިން އަޙްމަދު ނާޒިމް ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދިއުމަށް ދެ ފަހަރަށް މުއްދަތު އިތުރުކޮށްފައެވެ.