ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޭސް ފަރުވާގެ މުއްދަތު މިއަދުން ފެށިގެން 30 ދުވަސް އިތުރުކޮށްފިއެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ ފަރާތްޕުޅުން ބޭސް ފަރުވާގެ މުއްދަތު އިތުރުކުރުމަށް އެދި ޑޮކްޓަރުގެ ލިޔެކިއުންތައް ހުށަހަޅާފައެވެ. އެސް.ޕީ އިބްރާހިމް މުހައްމަދު ދީދީ އިތުރަށް ވިދާޅުވީ މީގެ ކުރިން މުއްދަތު އިތުރުކުރުމަށް ހުށަހެޅިނަމަވެސް މުއްދަތު އިތުރު ނުކުރެވުނީ އެކަމާއި ގުޅުންހުރި މުހިންމު ލިޔުންތައް ލިބިފައި ނުވާތީކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެމަނިކުފާނު ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދިއުމަށް އެދިވަޑައިގަތުމުން އެކަމަށް ހުއްދަ ދީފައެވެ.