އެމް.ސީ.އެސް ބަޖެޓް އެވެއަރނަސް ޕްރޮގްރާމް 2015

budget awareness

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 2015 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައި ހުރި ޕްރޮގްރާމްތައް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެލައްވާ ވެރިންނަށް ބަޖެޓާއި ބެހޭ މަޢުލޫމާތު ދިނުމުގެ އެވެއަރނަސް ޕްރޮގްރާމެއް 10 ޖެނުއަރީ 2015  ހޮނިހިރު ދުވަހު މާފުށީ ޖަލުގެ ލެކްޗަރ ހޯލްގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 2015 ވަނައަހަރުގެ ބަޖެޓްގައި ހިމެނިފައި ހުރި ކަންތައްތަކާއި ބެހޭ މަޢުލޫމާތުދީ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތައް ޚަރަދު ކުރާނެ ގޮތްތައް ދަސްކޮށްދިނުމާއިއެކު، ބަޖެޓްގެ މަސައްކަތްތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމެވެ.

މިޕްރޮގްރާމްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ މާލޭޖަލާއި، މާފުށިޖަލު އަދި އައްސޭރި ޖަލާއި، ހުޅުމާލޭ ޑިޓެންޝަން ސެންޓަރާއި، އެމް.ސީ.އެސް އަހުލުވެރި މަރުކަޒުގެ ބަޖެޓާއި ގުޅޭ މަސައްކަތްތައް ކުރުމުގައި ޙަރަކާތްތެރިވާ ސީނިއަރ މުވައްޒަފުންނަށާއި، ހެޑްއޮފީހުގެ ރިހެބިލިޓޭޝަން ސެކްޝަނާއި، ބަޖެޓް ސެކްޝަން އަދި ޕްރިޒަން އެކަޑަމީއާއި، އީ.އެސް.ޖީ ގައި މަސައްކަތްކުރާ އޮފިސަރުންނެވެ. މިބައްދަލުވުމުގައި ބައިވެރިވާ ޖަލުތަކާއި، ސެކްޝަންތަކުން އެތަންތަނުގައި 2015 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ ޕްރޮގްރާމް ތަކާއި ބެހޭ ކަރުދާހެއް ހުށަހަޅައި މަޝްވަރާ ކުރާގޮތައް ވެސް ވަނީ ހަމަޖެހިފައެވެ.

އަދި މީގެއިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 2015 ވަނަ އަހަރުގެ ބަޖެޓްގައި ހުރި ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންތައް ހިނގަމުންދާގޮތް ބައްލަވާލައްވައި، އަދި މަޢުލޫމާތު ދިނުމުގެ ބައެއްސެޝަންތަކުގައި މިނިސްޓަރ އޮފް ހޯމްއެފެއަރޒް އޮނަރަބަލް އަލްފާޟިލް ޢުމަރު ނަޞީރާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ވެސް ބައިވެރިވެ ވަޑައިގަންނަވާގޮތައް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *