ބަޖެޓް އެވެއަރނަސް ސެމިނަރ 2015 ފަށައިފި

Budget 2015

ބަޖެޓް އެވެއަރނަސް ސެމިނަރ މާފުށީ ޖަލުގެ ލެކްޗަރ ހޯލްގައި ފަށައިފިއެވެ.

މި ސެމިނަރ އަކީ ޖަލުތަކުގެ ވެރިންނަށާއި ސެކްޝަންތަކުގެ އިސް އޮފިސަރުންނަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 2015 ވަނަ އަހަރުގެ ބަޖެޓާއި ބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ އެވެއަރނަސް ސެމިނަރ އެކެވެ.

މި ސެމިނަރގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 2015 ވަނައަހަރުގެ ބަޖެޓްގައި ހިމެނިފައި ހުރި ކަންތައްތަކާއި ބެހޭ މަޢުލޫމާތުދީ، މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތައް ޚަރަދު ކުރާނެ ގޮތްތައް ދަސްކޮށްދިނުމާއިއެކު، ބަޖެޓްގެ މަސައްކަތްތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމެވެ.

މި ސެމިނަރގައި ބައިވެރިވަނީ މާލޭޖަލާއި، މާފުށިޖަލާއި އަދި އައްސޭރި ޖަލުގެ އިތުރުން ހުޅުމާލޭ ޑިޓެންޝަން ސެންޓަރާއި، ހެޑްއޮފީހުގެ ރިހެބިލިޓޭޝަން ސެކްޝަނާއި، ޕްރޮކިއުމަންޓް ސެކްޝަނާއި، ބަޖެޓް ސެކްޝަން އަދި ޕްރިޒަން އެކަޑަމީއާއި އަދި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ފަރާތުންނެވެ.

އަދި މި ސެމިނަރގައި ބައިވެރިވާ ޖަލުތަކާއި، ސެކްޝަންތަކުން އެތަންތަނުގައި 2015 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ ޕްރޮގްރާމް ތަކާއި ބެހޭ ޕްރެޒެންޓޭޝަން ހުށަހަޅައި އެކަންކަމާއި މެދު މަޝްވަރާ ކުރާގޮތައް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *