އައްސޭރި ޕްރިޒަން ކަޕް 2015: ލަނޑެއް ނުޖެހި ދެޓީމް އެއްވަރު ވެއްޖެ

އައްސޭރި ޕްރިޒަން ކަޕްގައި މިއަދު ބައްދަލުކުރީ އާޗާ އާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރ އެވެ. މި މެޗް ނިމުނީ އެއްވެސް ޓިމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއަދުގެ މެޗްގައިވެސް ދެޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބިފައި ވާއިރު، ދެޓީމްކުރެ އެއްޓީމަކަށްވެސް ނަތީޖާ ނެރެވޭގޮތެއް ނުވިއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުމާލެ ޑިޓެންޝަން ސެންޓަރ ޓީމްގެ ލާންސް ކޯޕްރަލް އަޙްމަދު ޝަރީފް އެވެ. މޮޅު ކުޅުންތެރިއާ އަށް ޓްރޮފީ ޙަވާލުކޮށްދެއްވީ އެސިސްޓެންޓް ޑިރެކްޓަރ ޝަހުމާ މުޙައްމަދު ވަޙީދު އެވެ.

މި މުބާރާތަކީ އައްސޭރި ޖަލުން އިންތިޒާމް ކޮށްގެން، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ކުޅިވަރު ކުޅުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި ހުޅުމާލޭ ޑިޓެންޝަން ސެންޓަރ އާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި އައްސޭރި ޖަލުން ހަތަރު ޓީމާއި، ހުޅުމާލެ ޑިޓެންޝަން ސެންޓަރގެ ޓީމަކާއެކު ޖުމްލަ ފަސް ޓީމް ވަނީ ބައިވެރިވެފައެވެ.