ފަހުގެ ލިޔުންތައް

އެމްސީއެސްގެ ހެޑް އޮފީސް ރޭޑިއޯ ބިލްޑިންގއަށް ބަދަލުކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހެޑް އޮފީސް މާފަންނު ރޭޑިއޯ ބިލްޑިންގ އަށް ބަދަލުކުރުމަށްފަހު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

އިތުރަށް…

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 9 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

އިތުރަށް…

މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބިދޭސީއެއް ނިޔާވެއްޖެ

މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަމީނުލް އިސްލާމް (29 އަހަރު)، މިއަދު، 21 އޭޕްރިލް 2023 ގައި ވަނީ ނިޔާވެފައެވެ.

އިތުރަށް…

ރަމަޟާން މަހަށް ޚާއްސަކޮށް މާފުށީ ޖަލުގެ ޤައިދީންނަށް ފެށި ޤުރުއާން މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ރިހެބިލިޓޭޝަން ފްރޭމްވަރކްގައި ބައިވެރިވެފައިވާ ޤައިދީންނަށް، ރަމަޟާން މަހަށް ޚާއްސަކޮށް ފެށި ޤުރުއާން މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

އިތުރަށް…

މާފުށީ ޖަލުގެ ޤައިދީންނަށް ރަމަޟާން މަހަށް ޚާއްސަކޮށް ޤުރުއާން މުބާރާތެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ރިހެބިލިޓޭޝަން ފްރޭމްވަރކްގައި ބައިވެރިވެފައިވާ ޤައިދީންނަށް، ރަމަޟާން މަހަށް ޚާއްސަކޮށް ޤުރުއާން މުބާރާތެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

އިތުރަށް…

ކޮމިޝަނަރ އޮފް ޕްރިޒަންސް މާފުށީ ސްކޫލްގެ ޕްރައިޒް ގިވިންގ ޑޭ ޝަރަފްވެރިކޮށްދެއްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، މާފުށީ ސްކޫލްއިން ރޭ އެ ރަށުގައި ބޭއްވި ޕްރައިޒް ގިވިންގ ޑޭ ޝަރަފްކޮށްދެއްވައިފިއެވެ.

އިތުރަށް…

މާފުށީ ޖަލުގައި ސްޕެޝަލިސްޓް ޑޮކްޓަރގެ ޚިދުމަތް ފޯރުކޮށްދޭ މެޑިކަލް ކޭމްޕެއް ބާވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދޭ މެޑިކަލް ކޭމްޕެއް އެ ޖަލުގައި ބާއްވައިފިއެވެ.

އިތުރަށް…

24 ޤައިދީންނާއެކު ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯސްގެ އާ ބެޗެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިސްލާހުކޮށް، ތަޢުލީމާއި ހުނަރު އުނގަންނައިދިނުމަށް ކުރާ މަސައްކަތްތަކުގެތެރެއިން ހިންގާ “ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން” ކޯހުގެ ނުވަ ވަނަ މިއަދު މާފުށި ޖަލުގައި ފަށައިފިއެވެ.

އިތުރަށް…

އަންހެން ޤައިދީންނަށް ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 1 ގެ 7 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 1 ގެ އަންހެން ޤައިދީންގެ 7 ވަނަ ބެޗް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

އިތުރަށް…

53 ޓްރޭނީންނާއެކު އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ ނުވަ ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

އިތުރަށް…

މިމަހުގެ 8 ވަނަ ދުވަހު މާލެޖަލަށް ހުކުމް ތަންފީޒުކުރުމަށް ގެނައި ގައިދީއެއް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

މާލޭ ޖަލަށް މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޛުކުރުމަށް ގެނައި ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

އިތުރަށް…

އައްސޭރި ޖަލުގެ ޚިދުމަތަށް 14 އަހަރު ފުރުން ފާހަގަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގެ 14 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އިތުރަށް…