މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ޤައިދީއަކު މިރޭ ނިޔާވެއްޖެ

Maafushi Prison

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުންނަ މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ޤައިދީއަކު މިރޭ ނިޔާވެއްޖެއެވެ. މިރޭ 21:10 ހާއިރު ނިޔާވެފައިވަނީ ދ.މާއެނބޫދޫ / ރޯޝަނީގެ އަޙުމަދު ލިޝާން (23 އަހަރު) އެވެ.

މެއަށް ތަދުވާތީވެ، ޑޮކްޓަރަށް ދައްކަން އެދިގެން، ވަގުތުން އެމެޖެންސީކޮށް އަޙުމަދު ލިޝާން ކ.މާފުށި ޞިއްޙީ މަރުކަޒަށް ގެންދިޔައިރު އޭނާ ނިޔާވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރު ވަނީ ބުނެފައެވެ.

އަޙުމަދު ލިޝާންއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 10 އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ މީހެކެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *