އައްސޭރި ޖަލުގައި ގްރުއާން ހިތުދަސްކުރުމުގެ ކުލާސްފަށައިފި.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް  އާއި ޤުރުއާން އެންޑް ސުންނަ ގުޅިގެން އައްސޭރި ޖަލުގައި ހިފްސު ކުލާސް ފަށައިފިއެވެ.

މިކުލާހުގައި ޖުމްލަ 36 ޤައިދީން ވަނީ ބައިވެރިވެފައެވެ. މި ކުލާސްތަކުގައި ބައިވެރިވެފައިވާ ޤައިދީންނަކީ ތަޖުވީދު މަގުން ރީތިކޮށް ޤްރުއާން ކިޔަވަން އެނގޭ ޤައިދީންނެވެ. ކީރިތި ޤްރުއާން ހިތުދަސްކޮށްދިނުމުގެ މި ކުލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކްލާހަކަށް ބަހާލައިގެން ކުލާހެއްގައި 18 ގައިދީން ހިމެނޭގޮތަށެވެ.

އަދި މީގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މާފުށި ޖަލުގައި ބޭސިކް ޤްރުއާން ކްލާހާއި، ޤިރާތު ކޯހުގެ ލެވަލް އެކެއްގެ ކޯހަކާއި  ލެވަލް ދޭއްގެ ކޯހެއްގެ އިތުރުން ލެވަލް ތިނެއް ގެ ކޯސްތައް މިހާރުވެސްކުރިއަށް ގެންދެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގެންދަނީ ޖަލުތަކުގައި ތިބި ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް އަހުލުވެރި ކުރުމަށްޓަކައި ތަފާތު ކޯސްތައް ހިންގަމުންނެވެ.