މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްއޮފީހުގެ ސްޓާފް ނައިޓާއި، ރޯދަ ހަދިޔާ ދިނުން ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްއޮފީހުގެ ސްޓާފް ނައިޓް ސަލްސާ ރޯޔަލްގައި ރޭ ބާއްވައިފިއެވެ. މި ސްޓާފް ނައިޓަކީ ރަމަޟާންމަހަށް މަރުހަބާކިއުމަށް ސަގާފީގޮތުން ކުރީޒަމާނުންސުރެ ކުރިއަށްގެންދާ މާހެފުމުގެ ބަދަލުގައި މުވައްޒަފުންގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ނައިޓްގައި މުވައްޒަފުންނަށް ރޯދަ ހަދިޔާ ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.

ސްޓާފް ނައިޓްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވެރިންނާއި ވަރަށް ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އަދި މީގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ހަދަން ޖެހޭ ޕްލޭންތައް ހެދުމަށްޓަކައި އޮސްޓްރޭލިޔާއިން ވަޑައިގެން ހުންނެވި މރ. ގްރެގް އާއި މޭލޭޝިޔަން ޕްރިޒަން ޑިޕާޓްމަންޓުގެ ކަރެކްޝަނަލް އެކަޑަމީގެ އޭ.ސީ.ޕީ މރ އެޑިނާ ރައިނާ ސްބްރަމާނިއަމް ވެސް މި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.