މާލޭ ޖަލުގައި ހަދަމުންދާ ކޮންޓްރޯލް ރޫމް ޖުލައި 10 ގެ ކުރިން ނިންމާލެވޭނެ…——- ޑައިރެކްޓަރ އޮފް ޕްރިޒަންސް

މާލޭ ޖަލުގައި ހަދަމުންދާ ކޮންޓްރޯލް ރޫމް އިމާރާތް އަންނަ ޖުލައި މަހުގެ 10 ގެ ކުރިން ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް މާލެ ޖަލުގެ ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ މުހައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ޑައިރެކްޓަރ އިތުރަށް ވިދާޅުވީ މާލެ ޖަލުގައި ހަދަމުންދާ ކޮންޓްރޯލް ރޫމް އިމާރާތަކީ މިހާރު ބޭނުން ކުރަމުންގެންދާ ކޮންޓްރޯލް ރޫމް ކުޑަވުމުގެ ސަބަބުން މޮނީޓަރކޮށް ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީ އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތުގައި ހަރަކާތްތެރި ވަމުންދަނީ މާލެ ޖަލުގެ މުވައްޒަފުންނާއި، ޖަލުގެ އެލަވަންސް ވަޒީފާގައި މަސައްކަތްކުރާ ޤައިދީންނެވެ.

މި މަސައްކަތް ތަކުގައި ޖަލުގެ އޮފިސަރުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށްޓަކައި މާލެ ޖަލުގެ ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ މުޙައްމަދު ޠަލާލް ޝުކުރު އަދާކުރެއްވިއެވެ.