މާފުށީ ޖަލުގެ އޮފިސަރުން ނުކުމެ މާފުށީގެ ބޮޑުބައެއް ސާފުކޮށްފި

މާފުށީ ޖަލުގެ އޮފިސަރުން ނުކުމެ މާފުށީގެ ބޮޑުސަރަޙައްދެއް ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ.

މި މަސައްކަތަކީ މިދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ސާފުކުރުމަށްޓަކައި ކުރެވުނު މަސައްކަތެކެވެ.

Maafushi cleanup2

މިއަދު ހެނދުނު ފެށި މި މަސައްކަތުގައި މާފުށީ ޖަލުގެ ގިނައަދަދެއްގެ އޮފިސަރުން ބައިވެރިވެފައި ވެއެވެ. މި މަސައްކަތުގެ ތެރޭގައި މަދިރި އުފެދޭގޮތަށްހުރި ތަންތަން ނައްތާލައި އެތަންތަނުގައި ހުރި ތަކެތީގައި ފެން ހަރުނުލާނެ ގޮތަށް ރަނގަޅަށް ބަންދުކުރެވިފައިވެއެވެ.