މިނިވަން 50 ގެ ހަރަކާތްތަކާ ގުޅުވައިގެން މާފުށީގައި ޝަރަފުގެ ހިނގާލުން ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ހަރަކާތްތަކާއި ގުޅުވައިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އިއްޔެ ހަވީރު 17:00 ގައި ކ. މާފުށީގައި ޝަރަފުގެ ހިނގާލުމެއް ބާއްވައިފިއެވެ.

މި ޝަރަފުގެ ހިނގާލުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 86 އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބޭއްވި މިފަދަ ފުރަތަމަ ޝަރަފުގެ ހިނގާލުމެވެ. މި ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީ ސީނިއަރ ޕްރިޒަންސް އޮފިސަރ އަޙްމަދު ފާރިޝް ޢަލީ އެވެ.

Maafushi parade 2

މި ޝަރަފުގެ ހިނގާލުން ކުރިއަށްދިޔައީ މާފުށީ ޖަލުން ނުކުމެގެން ގޮސް މާފުށީގެ ބޮޑުމަގާއި ބަނދަރު ސަރަޙައްދުގައެވެ. އަދި މި ހިނގާލުމުގައި ދެތަނަށް ހުއްޓާފައި ވެއެވެ.

Maafushi parade 3

މި ޝަރަފުގެ ހިނގާލުން ބައްލަވާލެއްވުމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އިއްޔެ ވަނީ މާފުއްޓަށް ޒިޔާރަތް ކުރައްވާފައެވެ.

Maafushi parade 4

މީގެ އިތުރުން މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލަޝްކަރަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ.