ޖަލު އޮފިސަރުން މާފުށީގެ މަގުތައް އެއްވަރުކުރުމުގެ މަސައްކަތް ކޮށްފި

IMG_5149-620x413

މާފުށީ ޖަލުގެ އޮފިސަރުން ނުކުމެ މާފުށީގެ ބޮޑެތި މަގުތަކަށް ވެލިއަޅައި މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް ކޮށްފިއެވެ.

މި މަސައްކަތަކީ މި މޫސުމަކީ ވިއްސާރަ މޫސުމެއްކަމުން މާފުށީގެ މަގުތަކުގައި ފެންހެދުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އުނދަގޫތައް ކުޑަކުރުމުގެ ގޮތުން މާފުށީ ކައުންސިލް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތުގައި މާފުށީ ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ވަނި ބައިވެރި ވެފައެވެ.

މިއަދު މެންދުރު 14:30 އިން 17:30 އަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލެނިވެރިކަމުގެ ދަށުގައިވާ އެންމެ ބޮޑު ޖަލު ހުންނަނީ ކ. މާފުށީގައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *