އެންޓްރީ ލެވެލް ޓްރެއިނިން ޕްރޮގްރާމް ގެ 19 ވަނަ ބުރު ފަށައިފި

ICOST-banner-620x252

ޕްރިޒަންސް ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކަށް އަމާޒްކޮށްގެން އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ އެންޓްރީ ލެވެލް ޓްރެއިނިންގ ކޯހުގެ 19 ވަނަ ބެޗް މާފުށީ ޖަލުގެ ޓްރެއިނިންގ ގްރައުންޑްގައި ފަށައިފިއެވެ.

މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ޖުމްލަ 20 ޕްރިޒަންސް އޮފިސަރުން ބައިވެފައިވާއިރު މީގެތެރޭގައި ނުވަ ފިރިހެން އޮފިސަރުންނާއި 11 އަންހެން އޮފިސަރުން ހިމެނެއެވެ. މި ކޯސް ފަރުމާ ކުރެވިފައިވަނީ ހަތަރު ސެމިސްޓާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ.

މިކޯހުގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލް ތަކެއް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *