“ހިއުމަން ޑިވޮލޮޕްމެންޓް ޕްލޭން ޓުވާޑްސް އިންމޭޓްސް” ޕްރޮގަރާމް ގައި ބައިވެރިވުމަށް އެމް.ސީ.އެސް ގެ ޓީމެއް މެލޭޝިއާއަށް ފުރައިފި

14-620x413

މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގުރާމް (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ކަރެކްޝަނަލް އެކަޑަމީ އޮފް މެލޭޝިއަރ ލަންކާވީ އިން އިނތިޒާމްކޮށްގެން 1 ސެޕްޓެމްބަރު 2015 އިން 28 ސެޕްޓެމްބަރު 2015 އަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ސެޓްފިކެޓް އިން ހިއުމަން ޑިވޮލޮޕްމެންޓް ޕްލޭން ޓުވާޑްސް އިންމޭޓްސް ގައި ބައިވެރިވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 4 އޮފިސަރުން 30 ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެރޭ މެލޭޝިއާއަށް ފުރައިފިއެވެ.

މިގޮތުން މި ޕްރޮގުރާމްގައި ބައިވެރިވުމަށް މެލޭޝިއާ އަށް ދިޔަ އޮފިސަރުންނަކީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީއާއި ޗީފް ޕްރިޒަން އޮފިސަރ އިސްމާޢިލް ނަސީރުއާއި ޗީފް ޕްރިޒަން އޮފިސަރ އިބްރާހިމް އަފީފްއާއި ޗީފް ޕްރިޒަން އޮފިސަރ އަޙުމަދު ޖާދުﷲ އެވެ.

ސެޓްފިކެޓް އިން ހިއުމަން ޑިވޮލޮޕްމެންޓް ޕްލޭން ޓުވާޑްސް އިންމޭޓްސް ޕްރޮގުރާމަކީ މެލޭޝިއަރ ޖަލުތަކުގައި ހިންގާ އެކިއެކި ރިހެބިލިޓޭޝަން ޕްރޮގުރާމްތަކާ ބެހޭ މަޢުލޫމާތު ދިނުމަށާއި ޕްރޮގުރާމްގައި ބައިވެރިވާ އެކި ޤައުމުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގުރާމްތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށާއި އެފަދަ ޕްރޮގުރާމްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތަކާގުޅޭގޮތުން މަޝަވަރާކުރުމުގެގޮތުން ތަފާތު އެކި ޤައުމުތަކުން ބައިވެރިވެގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މިޕޮރޮގުރާމް ތެރޭގައި މެލޭޝިއަރ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގުރާމްތައް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި މެލޭޝިއަރގެ ބައެއް ޖަލުތަކަށް ޒިޔާރަތްކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ސެޓްފިކެޓް އިން ހިއުމަން ޑިވޮލޮޕްމެންޓް ޕްލޭން ޓުވާޑްސް އިންމޭޓްސް ޕްރޮގުރާމްގައި މިސަރވިސްއިން ބައިވެރިވާ 4 އޮފިސަރުންގެ ތެރެއިން 2 އޮފިސަރުންގެ ޓިކެޓްގެ ޚަރަދު ފިޔަވައި އެހެނިހެން ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައިވަނީ ކަރެކްޝަނަލް އެކަޑަމީ އޮފް މެލޭޝިއަރ ލަންކާވީ ގެ ފަރާތުންނެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *