“ޑިޕްލޮމާ މޮޑިއުލް އިން މެރިޓައިމް ކްރައިމް އެންޑް ކަރެކްޝަނަލް އެޑްމިނިސްޓްރޭޝަން” ކޯހުގައި ބައިވެރިވުމަށް ތިން އޮފިސަރުން ސީޝެލްސް އަށް ފުރައިފި

“ޑިޕްލޮމާ މޮޑިއުލް އިން މެރިޓައިމް ކްރައިމް އެންޑް ކަރެކްޝަނަލް އެޑްމިނިސްޓްރޭޝަން” ކޯހުގައި ބައިވެރިވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ތިން އޮފިސަރުން މިރޭ ސީޝެލްސް އަށް ފުރައިފިއެވެ.

މި ކޯހަކީ ޔުނިވާސިޓީ އޮފް ސީޝެލްސް އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ކުރިއަށްދާނީ މި އޮކްޓޯބަރު މަހުގެ ފަހަކުން ނުވައަކަށް ސީޝެލްސް ގައެވެ. މިކޯހަކީ ސީޝެލްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން ކުރިއަށްގެންދާ ކޯހެކެވެ.

މިކޯހުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބައިވެރިވެފައިވަނީ ސީނިއަރ ޕްރިޒަންސް އޮފިސަރ މުޙައްމަދު މައުރޫފު އާއި ސީނިއަރ ޕްރިޒަންސް އޮފިސަރ ޝަކީލް ޝަރީފް ގެ އިތުރުން ސީނިއަރ ޕްރިޒަންސް އޮފިސަރ މުޙައްމަދު ފައިސަލް އެވެ. އަދި މި ކޯހުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތިން ފުލުހުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޯހަކީ ޔޫ.އެން.އޯ.ޑީ.ސީ އިން ފަންޑް ކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި އޮފިސަރުން އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުއެވެ.