ޑިޕްލޮމާ މޮޑިއުލް އިން މެރިޓައިމް ކްރައިމް އެންޑް ކަރެކްޝަނަލް އެޑްމިނިސްޓްރޭޝަން ޓްރެއިނިންގ ޕްރޮގްރާމްގެ ސީޝެލްސް ގައި ކުރިއަށްގެންދިޔަ ބައި ނިންމާލައިފި

ޑިޕްލޮމާ މޮޑިއުލް އިން މެރިޓައިމް ކްރައިމް އެންޑް ކަރެކްޝަނަލް އެޑްމިނިސްޓްރޭޝަން” ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން އިންތިޒާމްކޮށްގެން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ސީޝެލްސްގައި ކުރިޔަށް ގެންދިޔަ މި ޓްރެއިނިންގް ޕްރޮގްރާމްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އޯވަރވިއު އޮފް މެރިޓައިމް ކޮންވެންޝަންސް އާއި ކޮންޓެމްޕޮރަރީ މެރިޓައިމް ސެކިއުރިޓީ އިޝޫސްތަކާ ބެހޭގޮތުންނާއި މެރިޓައިމް ކުށްތައް ހުއްޓުވަން އެކި ގައުމުތަކުގެ މެދުގައި ކުރެވޭ މަސައްކަތްތަކުގައި އޮއްނަ ގުޅުމާބެހޭގޮތުންނާއި މެރިޓައިމް ކުށްތަކުގެ ތަހުޤީގީ ހުނަރުތަކާ ބެހޭގޮތުންނާއި މެރިޓައިމް ކުށްތައް ދެނަގަންނާނެގޮތްތަކާ ބެހޭގޮތުން މި ޓްރެއިނިންގް ޕްރޮގްރާމްގައިވަނީ ކިޔަވައިދީފައެވެ. މީގެ އިތުރުން ކަމާ ގުޅުންހުރި ދާއިރާތަކުން ޢަމަލީ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތްތައްވެސް މި ޓްރެއިނިންގް ޕްރޮގްރާމްގައި ވަނީ ކިޔަވައިދީފައެވެ.

ޔޫ.އެން.އޯ.ޑީ.ސީ ގެ މެމްބަރު ގައުމުތަކުގެ މެދުގައި ކުރިޔަށް ގެންދިޔަ މި ޓްރެއިނިންގް ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބައިވެރިވެފައިވަނީ ސީނިއަރ ޕްރިޒަންސް އޮފިސަރ މުޙައްމަދު މައުރޫފު އާއި ސީނިއަރ ޕްރިޒަންސް އޮފިސަރ ޝަކީލް ޝަރީފް ގެ އިތުރުން ސީނިއަރ ޕްރިޒަންސް އޮފިސަރ މުޙައްމަދު ފައިސަލް އެވެ.

މި ޓްރެއިނިންގް ޕްރޮގްރާމުން އެންމެ މަތިން ފާސްވާ ތިންދަރިވަރުންނަށް އެޑްވާންސް ޑިޕްލޮމާ މޮޑިއުލްއިން މެރިޓައިމް ކްރައިމް އެންޑް ލޯ އެންފޯސްމަންޓް ކޯހުގައި ބައިވެރިވުމުގެ ފުރުސަތުދިނުމަށް މި ޓްރެއިނިންގ ޕްރޮގްރާމް އިންތިޒާމުކުރި ފަރާތުން ވަނީ ހަމަޖައްސާފައެވެ.