ހުޅުމާލެ ޑިޓެންޝަން ސެންޓަރ ގައި ބަންދުގައި ހުރި ބިދޭސީއަކު ނިޔާވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ހުޅުމާލެ ޑިޓެންޝަން ސެންޓަރ ގައި ބަންދުގައި ހުރި ބަންގްލަދޭޝް މީހަކު މިއަދު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ ނޫރުލް އަލަމް ނަމަކަށް ކިޔާ މީހެކެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު މެންދުރު 12:55 ހާއިރު މެއަށް ތަދުވާތީ ކުރި ރިޕޯރޓަކާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް 14:20 ހާއިރުއެވެ.

މި މީހާއަކީ މިދިޔަ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހަވާލުކޮށްފައިވާ މީހެކެވެ.