އީ.އެސް.ޖީ ގެ އެކޮމޮޑޭޝަން ބްލޮކް މިމަހު 17 ގެ ކުރިން ނިންމާލެވޭނެ— އީ.އެސް.ޖީ ކޮމާންޑަރ

މާފުށީ ޖަލުގައި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) އިން މިހާރު އިމާރާތް ކުރަމުންގެންދާ އެކޮމޮޑޭޝަން ބްލޮކް، މި ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އީ.އެސް.ޖީގެ ކޮމާންޑަރ، ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޣަނީ ވިދާޅުވެއްޖެއެވެ.

އީ.އެސް.ޖީގެ އަހަރީ ދުވަހަކީ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހެވެ.

t1-620x370

ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޣަނީ އިތުރަށް ވިދާޅުވީ މި މަސައްކަތަކީ އީ.އެސް.ޖީގެ އޮފިސަރުންނަށް ދިމާވެފައިވާ އެކޮމޮޑޭޝަންގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތް ނިމޭއިރު ފާހާނާ ބަރިއަކާއި ޝަވަރ ބަރިއެއްވެސް މި އިމާރާތާއި އެޓޭޗް ކުރެވިފައި ވާނޭކަމަށް ސީ.ޕީ.އޯ އަބްދުލް ޣަނީ ވިދާޅުވިއެވެ.

މި އިމާރާތުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ އީ.އެސް.ޖީގެ އޮފިސަރުންނެވެ.

ސީ.ޕީ.އޯ އަބްދުލް ޣަނީ  ވިދާޅުވީ މި އިމާރާތުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދާކަމަށާއި، ދުވާލެއްގެމައްޗަށް އެވްރެޖްކޮށް 18 ގަޑިއިރު މަސައްކަތް ކުރައްވާ ކަމަށެވެ. މި މަސައްކަތުގައިވެސް އޮފިސަރުންގެ މެދުގައި އޮތް ބަދަހި ގުޅުން ވަރަށް ބޮޑަށް ފެނިގެންދާކަމަށާއި މިފަދަ ކޮންމެ ކަމެއްގައިވެސް އީ.އެސް.ޖީ ގެ އޮފިސަރުންނަކީ އެހެން އޮފިސަރުންނަށް ނަމޫނާ ދައްކަމުން ގެންދާ ބައެއްކަމަށެވެ. އެހެންކަމުން އީ.އެސް.ޖީ ގެ ހުރިހާ އޮފިސަރުންނަށް، ކޮމާންޑަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.