އެސްކޮޓް ޗެލެންޖް 2015 ފުޓްބޯޅަ މުބާރާތް މިރޭ ފަށައިފި

އެސްކޮޓް ޗެލެންޖް ފުޓްބޯޅަ މުބާރާތް މިރޭ ފަށައިފިއެވެ.

މަލޭ ޖަލުގެ ފުޓްބޯޅަ ގްރައުންޑްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެއްޓުމަށް މިރޭ މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އޮފިސަރުން ދުޅަހެޔޮކޮށް ތިބުމަށް މިފަދަ ހަރަކާތްތައް ރާވައިގެން ކުރިއަށް ގެންދިޔުމަކީ އެހާމެ ބޭނުންތެރި ކަމެއް ކަމަށެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ ކޮންމެ ކަމެއްވެސް އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅު ގޮތަށް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މުވައްޒަފުން “އެންޓަރޓެއިން” ކުރާއިރުވެސް ރަނގަޅު ޑިސިޕްލިން އެއްގެ ތެރޭގައި ތިބުމަށެވެ. އަދި ދަނޑުމަތީގައި އުޅޭއިރުވެސް ހަރަދަނާ ޑިސިޕްލިންއެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުޅުމަށް ވަރަށްބޮޑަށް އިލްތިމާސް ކުރެއްވިއެވެ. އަދި ކޮމިޝަނަރ އިތުރަށް ވިދާޅުވީ ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައިވިޔަސް އަނިޔާއަށް ވިސްނައިގެން ކުޅުމަށެވެ.

މި މުބާރާތަކީ އެސްކޮޓް ޗެލެންޖް ގެ ދެވަނަ މުބާރާތެވެ. މިދިޔައަހަރަށް ވުރެން ބޮޑު ތަރުހީބެއް އޮފިސަރުންގެ ފަރާތުން މިއަހަރުގެ މި މުބާރާތަށް ލިބިގެން ދާކަމަށާއި، ހުރިހާ ޓީމްތަކަކުންނާއި ކުޅުންތެރިންގެ ފަރާތުން މި މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތަށް އެސްކޮޓް ޓީމް ގެ ކޮމާންޑަރ ސްޓާފް ސާޖަންޓް ހުސައިން ނަދީމް މަޢުލޫމާތު ދެއްވިއެވެ.