ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ 3 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ 3 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:00 ގައި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ވަނީ، މި ސެންޓަރު އުފެދިގެން އައިގޮތަށާއި ކުރިއަށް އޮތްތާންގައި މި ސެންޓަރު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވެމުންދާ ގޮތުގެމައްޗަށް ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ސެންޓަރުގެ ޑައިރެކްޓަރ އާއި އޮފިސަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަ ކުރައްވައި ޑީ.ސީ.ޕީ ވަނީ އެބޭފުޅުންނަށް ޝުކުރު  އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޑައިރެކްޓަރ ޗީފް ޕްރިޒަންސް އޮފިސަރ އިސްމާލް ނަސީރު އާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް ގެ ކޮމާންޑިންގް އޮފިސަރ، ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޣަނީ އާއި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޒާ އާއި އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން ގެ އިތުރުން ހެޑް އޮފީހާއި ޖަލުތަކުގެ އިސްވެރިންނާއި އީ.އެސް.ޖީ ގެ އޮފިސަރުންނާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ޕްރިޒަންސް އޮފިސަރުންގެ އަޒުމް ކިޔުން އޮތެވެ. އިސްވެ އަޒުމް ކިޔުއްވީ ފަސްޓް ކްލާސް ޕްރިޒަންސް އޮފިސަރ އަޙްމަދު ޝަރީފް އެވެ.

މިއަދުގެ ރަސްމިއްޔާތު ނިމިގެން ދިޔައީ އަހަރީ ދުވަހުގެ ކޭކު ފެޅުމުންނެވެ.