ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އާއިލީ ހަވީރެއް ބާއްވައިފި

ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި މިއަދު އާއިލީ ހަވީރެއް ބާއްވައިފިއެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ބުނީ އެ ހަވީރުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުން އެކުވެރި، އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި މިއަދު ކުރިއަށް ގެންދިޔަ މި އާއިލީ ހަވީރަށް ވަރަށް ގިނަ އަދަދެއްގެ މީހުންނާއި ކުދިން ޒިޔާރަތް ކޮށްފައިވާކަމަށް ހުޅުމާލެ ޑިޓެންޝަން ސެންޓަރުން މަޢުލޫމާތު ދީފައިވެއެވެ.

MG_4316-620x413

ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ބުނީ މި އިވެންޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި އަދި އާއިލާގެ މެންބަރުންނަށް އުފާވެރި ވަގުތުކޮޅެއް ލިބިގެން ދިޔަކަމަށެވެ.

މި އާއިލީ ހަވީރުގައި އެކިއެކި ކުޅިވަރު ސްޓޯލްތަކުގެ އިތުރުން ތަފާތު އެކި ކެރެކްޓަރ ތައް ވަނީ ޙަރަކާތްތެރި ވެފައެވެ.