ފެހިވެހި ޕްރޮގްރާމުގެ ދަށުން ހިންމަފުށި ފަޅުތެރެއާއި ޖެޓީ ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފި

ފެހިވެހި ޕްރޮގްރާމުގެ ދަށުން ހިންމަފުށި ފަޅުތެރެއާއި ޖެޓީ ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިއަދު އައްސޭރި ޖަލުގެ އޮފިސަރުން ކޮށްފިއެވެ.

އައްސޭރި ޖަލުގެ އަހަރީ ދުވަހާއި ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްސޭރި ޖަލުގެ އޮފިސަރުން މިއަދު ހެނދުނު 8 ޖެހިއިރު ފެށި، ސާފުކުރުމުގެ ޕްރޮގްރާމު މެންދުރު 12 ޖެހިއިރު ވަނީ ނިންމާލާފައެވެ. ހިންމަފުށި ފަޅުތެރެ ސާފުކޮށް ބަނދަރު ސަރައްދުގައި ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށް ފަސޭހަ ވާނޭގޮތް ހެދުމުގެ ގޮތުން އެސަރަހައްދުގައި ހުރި ގަސްތަކުގެ ގޮފިތައް ކޮށައި ޖެޓީކައިރީގައި ހުރި ކުނިތައް ނަގާ ވަނީ ސާފުކޮށްފައެވެ.

މިމަސައްކަތް ކުރުމުގައި އެއްސޭރި ޖަލުގެ ގިނައަދަދެއްގެ އޮފިސަރުން ބައިވެރި ވެފައިވާއިރު ރަށުގެ އާންމުންގެ ފަރާތުންނާއި ހިންމަފުށީގައި ހުރި އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަ ކުރަމެވެ. އެގޮތުން އެހީތެރިވި ފަރާތްތަކުގެ ތެރޭގައި ހިންމަފުށި ކައުންސިލާއި ސީޕްރިޔާ އަދި އައި.ބީ.ސީ ކުންފުނި ހިމެނެއެވެ.

އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން ވަނީ ޖަލުގެ އޮފިސަރުންގެ ނަމުގައި އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ފެހިވެހި ޕްރޮގްރާމްގެ ދަށުން ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުވެސް އައްސޭރި ޖަލުގެ އޮފިސަރުންވަނީ ހިންމަފުށީގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ.