އިނިސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލްކުރާ ފެންވަރަށް ކިޔަވައިދިން ފުރަތަމަ ކޯސް ނިންމުމުގެ ރަސްމިއްޔާތަށް ތައްޔާރުވާން ފަށައިފި

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލްކުރާ ފެންވަރަށް ކިޔަވައިދިން ފުރަތަމަ ކޯސް ނިންމުމުގެ ރަސްމިއްޔާތަށް ތައްޔާރުވާން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނަކީ މަސައްކަތަށް ގާބިލުބަޔަކަށް ހެދުމަށްޓަކައި، އައިކޯސްޓް އިން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުރިން އެންޓްރީ ލެވެލް ޓްރެއިނިންގ ޕްރޮގްރާމްގެ ނަމުގައި ހިންގަމުން އައި ކޯސް ރިވިއު ކުރުމަށްފަހު އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ކޯހަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި މިހާރު އެ ކޯސް ހިންގަމުންދަނީ “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް” ގެ ނަމުގައެވެ.

ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގެ ކިޔެވުން ނިންމާ ޕާސިން އައުޓަށް ތައްޔާރު ވުމަށްޓަކައި މިހާރު ދަނީ ޕެރޭޑް ޕްރެކްޓިސް ކުރުމާއި ރަސްމިއްޔާތު ބާއްވާ ތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 ޑިސެމްބަރ 31 ވަނަ ދުވަހުގެރޭ މާފުށި ޖަލުގެ ފުޓުބޯޅަ ދަނޑުގައެވެ. މިރަސްމިއްޔާތުގައި ދައުވަތު އަރުވައިގެން ވަޑައިގަންނަވާ ބޭފުޅުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގެ ވެރިންނާއި ހެޑްއޮފީހުގެ އިސްވެރިންގެ އިތުރުން ކޯހުގެބައިވެރިންގެ ބެލެނިވެރިން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.