މާލޭ ޖަލުގައި ޑިނަރ ނައިޓެއް ބާއްވައިފި

މާލޭ ޖަލުގެ އަހަރީ ދުވަހާ ގުޅުވައިގެން ރޭ މާލޭ ޖަލުގައި ޑިނަރ ނައިޓެއް ބާއްވައިފިއެވެ.

މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ.

މި ހަފްލާގައި މާލޭ ޖަލުގެ އޮފިސަރުންގެ ތެރެއިން ވޭތުވެދިޔަ އަހަރު ހާޟިރީއަށް އެންމެ ފަރުވާތެރި 24 އޮފިސަރަކަށް ވަނީ އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. ސެޓްފިކެޓްތައް ޙަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ.

މި ޙަފްލާގައި ވޭތުވެދިޔަ އަހަރު މާލޭ ޖަލުން ކޮށްފައިވާ މަސައްކަތް ތަކުގެމައްޗަށް އަލިއަޅުއްވާލައްވައި ވަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅުއްވާފައެވެ.

އަދި މި ޙަފްލާގައި ފަރިއްކޮޅު ކުރިއަށް ދިޔަ ވަގުތު މާލޭ ޖަލުގެ އެކި ސެކްޝަން ތަކުގެ އޮފިސަރުންގެ ފަރާތުން މުނިފޫހި ފިލުވުމުގެ އައިޓަމްތަކެއް ވަނީ ހުށަހަޅައިދީފައެވެ.

އަދި މި ޙަފްލާގައި މާލޭ ޖަލުގެ ގިނައަދަދެއްގެ އޮފިސަރުންނާއި، އޮފިސަރުންގެ އާއިލާތަކުގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި ޑެޕިއުޓީ ޑައިރެކްޓަރުންނާއި ސިނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.