މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އެކްޝަން ޕްލޭން 2016 ރިވިއު ފޯރަމް ފަށައިފި

MG_7271-620x413

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދާ އެކްޝަން ޕްލޭން 2016 ރިވިއު ފޯރަމް މިއަދު މާފުށީ ޖަލުގެ ލެކްޗަރ ހޯލްގައި ފެށިގެން މިހާރު ކުރިއަށް ދެއެވެ.

މި ފޯރަމް ގެ މަޤްސަދަކީ  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކާއި އެކި ޑިވިޝަންތަކާއި، ޑިޕާޓްމަންޓް ތަކުން 2016 ވަނަ އަހަރަށް ކުރަން ރާވާފައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ  2016  ވަނަ އަހަރުގެ އެކްޝަން ޕްލޭން އެކުލަވާލުމެވެ. ފޯރަމްގެ ބައްދަލުވުންތައް ކުރިއަށް ދާނީ ދެދުވަހުގެ މުއްދަތަށެވެ. މިގޮތުން މި ފޯރަމް ފައްޓަވާ ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ.

MG_7164-620x413

ފޯރަމް ފައްޓަވައިދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރ ގެ ވާހަކަ ފުޅުގައި ވިދާޅުވީ އެކްޝަން ޕްލޭނަކީ ހަމައެކަނި ކަރުދާހުގައި އޮންނަ އެއްޗަކަށް ވެގެން ނުވާނެކަމަށާއި، އެހެންކަމުން ޕްލޭން ހަދާއިރު  ކަންކަން  ޙާސިލް ވާނެގޮތަށް ބަލާ އެގޮތަށް ޕްލޭން ތައްޔާރުކުރުމުގައި ވިސްނުން ބެހެއްޓުމަށް ހުރިހާ ބައިވެރިންނަށް އިރުޝާދުދެއްވިއެވެ.  އަދި މިފަދަ ބުރަ މަސައްކަތެއް ކުރާއިރު ހުރިހާ އޮފިސަރުންގެ ޚިޔާލާއި ފިކުރު ވަރަށް ބޮޑަށް މިކަމުގައި ބޭނުންކުރެއްވުމަށްވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

މި ފޯރަމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުންނާއި އެކި ޑިޕާޓްމަންޓް ތަކުން ބައިވެރިވެފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *