ސީ.އެމް.އެސް.ޕީ 01 ކޯހުގެ ޕީ.އޯ.ޕީގެ އެންމެ ފަހު ފަރިތަކުރުންތައް ނިންމާލައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދިޔަ “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް 01″ ނިންމުމުގެ ރަސްމިއްޔާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިރޭ ކުރިއަށް ގެންގޮސްފިއެވެ.

މިރޭ މާފުށީ ޖަލުގެ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ބައްލަވާލެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތުގައި ރަސްމިއްޔާތުގައި ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ފާހަގަ ކުރައްވައި އެކަންކަން އިސްލާހް ކުރެއްވިއެވެ.

މިއީ އައިކޯސްޓް އިން “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް” ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ކޯހެވެ. މި ކޯހުގައި 20 ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މި ޓްރެއިނިންގ ހިންގާފައިވަނީ 02 ސެޕްޓެމްބަރ 2015 އިން 28 ޑިސެމްބަރ 2015 އަށް، މަފުށީ ޖަލުގައި ހުންނަ އައިކޯސްޓްގެ ޓްރެއިނިންގ ގްރައުންޑް ގައެވެ.

މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 20:30 ގައި މާފުށީ ޖަލުގައެވެ.