“ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް 01″ ވަނަ ބެޗުން ފާސްވި އޮފިސަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދިޔަ “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް 01″ ވަނަ ބެޗުން ފާސްވި އޮފިސަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މާފުށި ޖަލުގައި މިރޭ ބާއްވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އާއިޝަތު ބިޝާމް ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މި ކޯހުން ފާސްވި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ޝަރަފުވެރި މެހެމާނާ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އާއިޝަތު ބިޝާމެވެ. “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް 01″ ގައި ބައިވެރިވި 20 އޮފިސަރުން ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފައެވެ

މިކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާއި އަލަށް ގުޅޭ ކޮންމެ ޕްރިޒަން އޮފިސަރަކުމެ  ފުރިހަމަކުރަންޖެހޭ ކޯހެކެވެ.  މި ކޯހުގައި ކިޔަވައިދެވުނުބައިތަކުގެ ތެރޭގައި އޮބްޒަވޭޝަން ޓެކްނިކްސް، ފަޔަރ ފައިޓިންގ، ލޮކްސް އެންޑް ކީ، ފަސްޓް އެއިޑް، ސަރޗް ޕީޕަލް އެންޑް ޕްރޮޕަރޓީސް، ރެސްޓްރައިން ޓެކްނިކްސް އަދި އެތިކްސްއާއި ޕްރިޒަނަރ އެސްކޮޓް ފަދަ މާއްދާތައް ހިމެނެއެވެ. މި ކޯހަކީ 04 މަސްދުވަހުގެ ކޯހެކެވެ

“ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް 01″ ގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮފިސަރަކަށް ހޮވިފައިވަނީ ޕްރިޒަން އޮފިސަރ ހަމްދޫން ރަޝީދެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މިވަގުތު މަސައްކަތްކުރާ ހުރިހާ އޮފިސަރުންނަކީވެސް ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކުރަމުންދާ އޮފިސަރުންކަން ފާހަގަކުރަމެވެ.