އައްސޭރި ޖަލުގެ 07 ވަނަ އަހަރީ ދުވަހާއި ގުޅިގެން ލޭ ހަދިޔާކުރުމުގެ ދުވަހެއް ފާހަގަކޮށްފި

އައްސޭރި ޖަލުގެ 07 ވަނަ އަހަރީ ދުވަހާއި ގުޅިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު އައްސޭރި ޖަލުން ހިގައިފިއެވެ.

އައްސޭރިޖަލާއި މޯލްޑިވިއަން ބުލަޑް ސަރވިސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސް ގުޅިގެން ކުރިއަށް ގެންދިޔަ ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމުގައި ލޭ ނެމުމުގެ މަސައްކަތް ކޮށްފައިވަނީ ހިންމަފުށި ސިއްޙީމަރުކަޒުގައެވެ.

މި ޕްރޮގްރާމުގައި ކ. ހިންމަފުށީ ކައުންސިލާއި، ސްކޫލާއި، އަމިއްލަ ކުންފުނި ތަކުންނާއި ބައެއް އާންމުން ބައިވެރިވެފައި ވެއެވެ.

އައްސޭރި ޖަލުގައި ކުރިއަށްގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގައި 60 މީހުން ލޭ ހަދިޔާކޮށްފައިވާ ކަމަށް އައްސޭރި ޖަލުން މަޢުލޫމާތު ދެއްވިއެވެ.

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމު ކުރިޔަށް ގެންދިޔައިވަގުތުގައި ރިފްރެޝްމަންޓްގެ ކަންކަން އިންތިޒާމް ކޮށްދެއްވި މިޑުލް ކެޗަށް  އައްސޭރިޖަލުން ވަރަށް ޙާއްސަ ޝުކުރު އަދާކުރެއްވިއެވެ.

އަދި މީގެ އިތުރުން މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވި އެންމެހައި ފަރާތްތަކަށް އައްސޭރި ޖަލުގެ ޑައިރެކްޓަރާއި އެންމެހައި އޮފިސަރުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.