ބަޖެޓް ރިވިއު ފޯރަމް 2016 ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ “ބަޖެޓް ރިވިއު ފޯރަމް 2016″ މާފުށީ ޖަލުގެ ލެކްޗަރ ހޯލްގައި މިއަދު ފަށައިފިއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެން ދިޔަ މި ފޯރަމް ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް ވިދާޅުވި ގޮތުގައި މި ފޯރަމަކީ އެމް.ސީ.އެސް އަށް މިއަހަރު ލިބިފައިވާ ބަޖެޓް ހުރިހާ ޖަލަކަށްވެސް ބަހާލައިގެން އެންމެ އިސްކަންދޭ ތަރުތީބުން ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް ކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ފޯރަމެއް ކަމަށެވެ.

ކަންކަން ކުރަން މަސައްކަތްތައް ރާވާއިރު އެންމެ ޕްލޭނެއް ހެދުމުގެ ބަދަލުގައި ޕްލޭން އޭ ، ބީ އަދި ސީ ޕްލޭންވެސް ތައްޔާރުކޮށްފަ ބޭވުމަށް ކޮމިޝަނަރ ޚުސާމް ވިދާޅުވިއެވެ. އަދި މިގޮތަށް މަސައްކަތްތަކުގެ ޕްލޭންތައް ތައްޔާރު ކުރާއިރު އެކަންކަން ތަންފީޛްކުރުމުގެ މަސައްކަތްކުރާ ޖޫނިއަރލެވެލްގެ އޮފިސަރުން ބައިވެރިކުރުމަކީ ޕްލޭންތައް ކާމިޔާބު ކަމާއެކު ތަންފީޛްކުރަންބޭނުންވާ ފަރާތްތަކަށް ވަރަށް މުހިންމު ކަމެއްކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

NYN_4673-620x413

މިދިޔައަހަރު ބަޖެޓް އެވެއަރނަސް ސެމިނަރއެއް ހިންގި ނަމަވެސް އެއާ ޚިލާފަށް މިއަހަރު މިބާއްވަނީ ބަޖެޓް ރިވިއު ފޯރަމެއްކަމަށާއި އެއީ މިއަހަރު ބަޖެޓް ތައްޔާރު ކުރީ ހުރިހާ ޖަލަކާއި ހެޑްއޮފީސްގުޅިގެން ކަމަށްވާތީ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ފޯރަމްގައި ކޮމިޝަނަރ އޮފް ޕްރިންޒަންސް މުޙައްމަދު ޚުޝާމާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލުގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ހެޑް އޮފީހުގެ ސެކްޝަންތަކުގެ ވެރިންނާއި މަސައްކަތާއި ގުޅުންހުރި އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ.