މަސްތުވާ އެއްޗަކަށް ޕޮޒިޓިވްވުމާ ގުޅިގެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތިން އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރަމުން ގެންދިޔަ ތިން ޖަލު އޮފިސަރަކު، ރަސްމީ ޑިއުޓީގައި އުޅެނިކޮށް، އެމީހުންގެ ޢަމަލުތައް ހުރިގޮތުން މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާކަމަށް ޝައްކު ކުރެވިގެން އެމީހުންގެ ކުޑަކަމުދާ އެއްޗެތި ޓެސްޓް ކުރެވުނުއިރު، މަސްތުވާ އެއްޗަކަށް ޕޮޒިޓިވްވުމާ ގުޅިގެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއާ ބެހޭ ޤަވާއިދުގެ 45 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެ ތިން އޮފިސަރުން ވަޒީފާއިން ވަކިކޮށްފިއެވެ.

މި ތިން އޮފިސަރުން ވަޒީފާއިން ވަކިކޮށްފައިވަނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ޤާއިމްކޮށްފައިވާ ޑިސިޕްލިނަރީ ބޯޑުން އެމައްސަލަ ބެލުމަށްފަހު އެބޯޑުގެ ލަފާގެ މަތިންނެވެ.