ޖަލުތަކުގައި މަސައްކަތްކުރާ ޖަލު އޮފިސަރުންނާއި މުއައްޒަފުން ޤާނޫނާއި، ޤަވާއިދުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ޖަލު އޮފިސަރުންނާއި މުއައްޒަފުން ޤާނޫނާއި، ޤަވާއިދުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަރޑް އާއި ލީގަލް ސެކްޝަން ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ބޭނުމަކީ ޖަލުތަކުގައި މަސައްކަތް ކުރާ އޮފިސަރުންނާއި، މުއައްޒަފުންނަކީ ޤާނޫނު ނަންބަރު 14/2013 “ޖަލުތަކާއި ޕެރޯލްގެ ޤާނޫނޫ” އަދި މިޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް އަހުލުވެރި، ޤާނޫނުގެ މަޢުލޫމާތު ރަނގަޅަށް ލިބިފައިވާ އޮފިސަރުންނަށް ހުރިހާ އޮފިސަރުންވެސް ހެދުމެވެ.

ތަފާތު ސެޝަން ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ޤާނޫނާއި ޤަވާއިދަކީ ކޮބައިކަމާއި، ޤާނޫނާއި ޤަވާއިދުގެ ބޭނުމާއި، ޤާނޫނާއި ޤަވާއިދުގެ މުހިންމުކަމާއި، ޤާނޫނާއި ޤަވާއިދުގެ ތެރެއިން އޮފިސަރުންނާއި މުއައްޒަފުންނަށް ލިބިދީފައި ހުރި ޙައްޤުތަކާއި މިޙައްޤުތައް ހޯދުމަށް މަސައްކަތްކުރާނެ ގޮތްތައް އޮޅުންފިލުވައި ދޭނެއެވެ.

ރޭ މާލެޖަލުގައި ފެށި މިޕްރޮގްރާމްގައި މާލެ ޖަލުގެ 15 އޮފިސަރުން ބައިވެރިވިއެވެ.