ޖަލުތަކުގެ ސީނިއަރ އޮފިސަރުންނަށް ކޮމްޕިއުޓަރ ކޯހެއް ފަށައިފި.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ސީނިއަރ އޮފިސަރުންނަށް އަމާޒުކޮށްގެން ކޮމްޕިއުޓަރ ކޯހެއް  ފަށައިފިއެވެ.

މި ކޯހުގައި މާފުށީ ޖަލުން ހަތް އޮފިސަރުންނާއި، އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ހަ އޮފިސަރުންނާއި، މާލޭ ޖަލުން ފަސް އޮފިސަރުންނާއި، އައްސޭރި ޖަލުން އެއް އޮފިސަރާއި، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން އެއް އޮފިސަރުގެ އިތުރުން އައިކޯސްޓްގެ އޮފިސަރަކާއިއެކު ޖުމްލަ 21 އޮފިސަރުން ބައިވެރި ވެފައި ވެއެވެ. މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން ފަސް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދެއްވައެވެ.

މި ކޯހުގައި ކޮމްޕިއުޓަރ ނެޓްވޯކާއި، ސާވާގެ އިތުރުން އިންޓަރނެޓް ބޭނުންކުރުމުގައި ރައްކާތެރި ގޮތްތައް ކޯހުގެ ބައިވެރިނަށް ދަސްކޮށްދޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް  އިން މައުލޫމާތު ދެއްވައެވެ.