ފަހާ ކޯހުގެ ދެވަނަބުރު މާފުށީ ޖަލުގައި ފަށައިފި.

corrections 1

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން ގައިދީންނަށް އަމާޒުކޮށްގެން ފަރުމާކުރި “ސެޓްފިކޭޓް 1 އިން ބޭސިކް ސްވިންގ” ކޯހުގެ ދެވަނަ ބެޗް މިއަދު މާފުށި ޖަލުގައި ފަށައިފިއެވެ.

މިކޯހަކީ އެމްކިއުއޭގައި ރަޖިސްޓްރީ ކޮށްގެން 5 ހަފްތާގެ މުއްދަތަށް ހިންގާ ކޯހެކެވެ. މި ކޯހުގައި މާފުށީ ޖަލުގެ 19 ގައިދީންނާއި އައްސޭރި ޖަލުގެ އެއް ގައިދީއަކު ވަނީ ބައިވެރި ވެފައެވެ. ޖުމްލަ 20 ގައިދީން ބައިވެރިވެފައިވާއިރު ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެން ކުލާހެއްގައި 10 ގައިދީން ހިމެނޭ ގޮތަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދެއްވާގޮތުގައި މިހާރުވެސް ފަހާކޯހެއް ކުރިއަށް އެބަދެއެވެ. މިކޯހުގައިވެސް ޖުމްލަ 20 ގައިދީންވަނީ ބައިވެރި ވެފައެވެ. އަދި މިކޯސް، މިފެށޭ ހަފްތާ ތެރޭގައި ނިމޭނެކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދެއްވައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *