ޕީއާރުސީ ފުޓްސަލް ޓޯނަމަންޓް 2019 ފަށައި، ފުރަތަމަ މެޗް އެއްވަރު

ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ޕީއާރިސީ ފުޓްސަލް ޓޯނަމަންޓް 2019″ މިރޭ ފަށައި، ފުރަތަމަ މެޗް 3-3 ން އެއްވަރުވެއްޖެއެވެ.

05 ނޮވެމްބަރުން 18 ނޮވެމްބަރު 2019 ގެ ނިޔަލަށް ހުޅުމާލޭގެ ފުޓްސަލް ގްރައުންޑް 2 ގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ޕީއާރްސީ ފުޓްސަލް ޓޯނަމަންޓް 2018 ގެ ޗެމްޕިއަން ޓީމް މާލޭ ޖަލާއި ހުޅުމާލޭ ޖަލުގެ ޓީމެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުމާލޭ ޖަލުގެ ޖަރޒީ ނަންބަރު 8 މުޙައްމަދު ސިރާޖެވެ.

IMG-d167789908b8b12a3a09e0b8dce229db-V

މި މުބާރާތް ފެށުމުގެގޮތުން ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްޢުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ. މީގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުން، ޕްރިޒަން ކްލަބްގެ ހިންގާ ކޮމިޓީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ވެރިންނާއި ވާދަކުރާ ޓީމްތަކުގެ ކުޅުންތެރިންނާއި ދައުވަތު އެރުވި މެހެމާނުން މި ހަފްލާގައި ބައިވެރިވިއެވެ.

މި މުބާރާތުގައި ވާދަ ކުރާ ހަ ޓީމަކީ މާފުށީ ޖަލުގެ ޓީމާއި ޓީމް އީއެސްޖީއާއި ޓީމް އެޗްކިއު އާއި އައްސޭރި ޖަލާއިހުޅުމާލޭ ޖަލުގެ އިތުރުން މާލޭ ޖަލުގެ ޓީމެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން، ފުރަތަމަ ބުރުގައި ކޮންމެޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓްހޯދާ ހަތަރު ޓީމް ސެމީފައިނަލް ކުޅޭގޮތަށެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވޭނީ މި ދެމެޗުން ބަލިވާ ދެޓީމުގެ މެދުގައި މެޗެއްކުޅެގެންނެވެ.