“އުންމީދު ޕްރޮގުރާމް” ގެ ދެވަނަ ބެޗް މާފުށި ޖަލުގައި ފަށައިފި

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ރައްކާތެރިކުރުމަށް ކުރެވެމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން، އުންމީދު ޕްރޮގްރާމްގެ ނަމުގައި މާފުށީޖަލުގައި ކުރިޔަށްދާ ޕްރޮގްރާމްގެ ދެވަނަ ބެޗް 11 އަންހެން ގައިދީން ނާއިއެކު މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މާފުށީޖަލުގައި ތިބި ޤައިދީންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ ޤައިދީން އިސްލާހުކޮށް، މަސްތުވާތަކެތީގެ ވަބާއިން އެމީހުން ސަލާމަތްކޮށް، މުޖްތަމައުއަށް އަނބުރާ ގެނައުމަށް، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށްޓަކާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން  ހިންގަންފެށި ޕްރޮގްރާމެކެވެ.
06 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ޗޭންޖު މޯލްޑިވްސް، ޖާރނީގެބޭފުޅުން އަދި އެމްސީއެސްގެ އޮފިސަރުންގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ކިޔަވައިދެމުން ގެންދާނެ އެވެ.
108 ގައިދީންނާއެކު ފެށި މިދިޔަ އޮގަސްޓް މަހު ފެށި މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް މިހާރުވެސް ކުރިއަށް އެބަދެއެވެ.