މާފުށީ ޖަލާ އީއެސްޖީގެ އަހަރީ ޑިނަރ ނައިޓް ބާއްވައިފި

Maldives Correctional Service

މާފުށީ ޖަލުގެ 21 ވަނަ އަދި އީއެސްޖީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޑިނަރ ނައިޓެއް މާފުށީ ޖަލުގައި ބާއްވައިފި އެވެ.

މި ޑިނަރ ނައިޓު ޝަރަފްވެރި ކޮށްދެއްވީ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އެވެ. މި ޙަފްލާގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ޢާއިލާތައް ބައވެރިވި އެވެ.

1572781755262498

މީގެ އިތުރުން މާފުށި ޖަލަށް އެކި ގޮތްގޮތުން އެހީތެރިވެދީފާވައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލު ކުރުން  ވެސް މި ރަސްއްޔާތުގައި ކުރިއަށްދިޔަ އެވެ. އަދި އޮފިސަރުންގެ މެދުގައި ގުރުވަތު ނަގައި، ގުރުއަތުން ހޮވުނު ފަރާތްތަކަށް ހަދިޔާ ދިނުން ވެސް ކުރިއަށް ދިޔަ އެވެ. މީގެ އިތުރުން މި ޑިނަރ ނައިޓުގައި ޕޮއިޒް އިން މާކެޓް ކުރާ އާ ޕްރޮޑަކްޓެއް ވެސް ވަނީ ދައްކާލައިފަ އެވެ.

1572781701817023

މީގެ އިތުރުން ޑިނަރ ނައިޓު ކުރިއަށް ދިޔަ ވަގުތު މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *