މަހާރަނި ފުޓްސަލް 2019 ގެ ފައިނަލަށް މާފުށީ ޕްރިޒަން ދަތުރުކޮށްފި

މާފުށި އަންހެނުންގެ ކޮމިޓީ އާއި ނިޔު ސްޓާރ ސްޕޯޓްސް ގުޅިގެން ބާއްވާ މަހާރަނި ފުޓްސަލް ޓޯރނަމެންޓް 2019 ގެ ފައިނަލަށް މާފުށި ޕްރިޒަން ޓީމް ދަތުރުކޮށްފި އެވެ.

މާފުށި ޕްރިޒަންގެ ޓީމް ފައިނަލަށް ދަތުރު ކުރީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގައި މާފުށީ ޕްރިޒަން ޓީމުގައި ހިމެނެނީ މާފުށީ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުންނެވެ.

މުޅިއެކު 4 ޓީމް ވާދަކުރާ މި މުބާރާތުގެ ފައިނަލް އޮންނާނީ 3 ނޮވެމްބަރު 2019 ވާ އާދީއްތަ ދުވެހުގެ ވަނަ ދުވަހުގެ ރޭ 21:00 ގައި މާފުށި ޓާފް ދަނޑުގަ އެވެ.