މާފުށީ ޖަލާއި އީއެސްޖީގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

IMG-f55e8a7d6db5a852b377d70633893f29-V

މާފުށީ ޖަލުގެ 21 ވަނަ އަހަރީ ދުވަހާއި އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާފުށީ ޖަލުގައި މިރޭ ކުލަގަދަ ރަސްމީއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމީއްޔާތު ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުުﷲ މުނާޒް ޝަރަފްވެރިކޮށްދެއްވާފައިވާއިރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް، ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން ކޮމިޝަންޑް ރޭންކުގެ އޮފިސަރުންނާއި މާފުށީ ޖަލުގެ އޮފިސަރުންނާއި އީއެސްޖީގެ އޮފިސަރުން ވެސް މި ރަސްމީއްޔާތުގައި ވަނީ ބައިވެރިވިއެވެ.

މިި ރަސްމީއްޔާތުގައި ވޭތުވެދިޔަ އަހަރު ތެރޭގައި އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށް ވަނީ ހަނދާނީ ލިޔުމާއި ފިލާ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ހާޟިރީއަށް ފަރުވާތެރިވި އޮފިސަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމާއި ހާޟިރީން %100 ހާޞިލްކުރި އޮފިސަރުންނަށް ހަނދާނީ ފިލާ ހަވާލުކުރުމާއި ހަށިހެޔޮ އޮފިސަރުންނަށް ހަނދާނީ ފިލާ ހަވާލުކުރުމުގެ އިތުރުން މާފުށީ ޖަލަށް ރީތި ނަން ހޯދައިދިން އޮފިސަރުން ފާހަގަކުރުން ހިމެނެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އެކި ރޮގުތަކުން ހަނދާނީ ލިޔުމާއި ފިލާ ހާސިލްކުރި އޮފިސަރުންނަށް ހޫނު މަރުހަބާ ދަންނަވަމުން ވަޒީފާގައި މިހާރު ހިދުމަތްކުރަމުންދާ އަދި ކުރިން ހިދުމަތްކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި މަސައްކަތްކުރަމުން މިދަނީ މި މުވައްސަސާގެ ތަސައްވަރު ބަދަލުކޮށް ހުރިހާ ފަރާތްތައް ބަލައިގަންނަ މުވައްސަސާއަކަށް ބަދަލުކުރުމަށާއި އަދި މި މުހިއްމު މަސައްކަތް އަމަލީގޮތުން ކުރަންތިބީ ހަމަ އޮފިސަރުންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދިދަނެގުމުގެ އިތުރުން ވޭތުވެދިޔަ އަހަރު މާފުށީ ޖަލުގެ މަސައްކަތްތައް ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަން ދެއްކުން އޮތެވެ. އަދި މި ރަސްމީއްޔާތު ނިމިގެންދިޔައީ އަހަރީ ދުވަހުގެ ކޭކު ފެޅުމަށް ފަހު ގްރޫޕް ފޮޓޯއަކުންއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *