މޯލްޑިވްސް ސޮސައިޓީ އޮފް ޑަރމަޓޮލޮޖީ އިން މާފުށީ ޖަލުގައި ކޭމްޕެއް ކުރިއަށް ގެންގޮސްފި

Maldives Correctional Service

މޯލްޑިވްސް ސޮސައިޓީ އޮފް ޑަރމަޓޮލޮޖީ އިން އިސްނަގައިގެން މާފުށީ ޖަލުގައި ކޭމްޕެއް އިއްޔެ ކުރިއަށްގެންގޮސްފި އެވެ.

1 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޭމްޕަކީ ޖަލުގައި ތިބި ޤައިދީންގެ ތެރެއިން ހަމުގެ އެކި ބަލިތަކަށް ފަރުވާ ބޭނުންވާ ޤައިދީން ބަލައި އެޤައިދީންނަށް ބޭނުންވާ އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަށް ކުރިއަށްގެންދެވުނު ކޭމްޕެކެވެ. މި ކޭމްޕުގައި މާފުށީ ޖަލުގެ 22 ޤައިދީއަކު ބަލައި، އެމީހުންނަށް ބޭނުންވާ ބޭސް ލިޔެދެއްވައިފައިވެ އެވެ.

Maldives Correctional Service

އަދި ޖަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ހަމުގެ އެކި ބަލިތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދީ، ހަމުގެ ބަލިތަކަށް ފަރުވާ ކޮށްދޭންޖެހޭ ޤައިދީންނަށް ފަރުވާދިނުމުގައި، އެމީހުންގެ ގައިގައި ބޭސް އުނގުޅަންވީ ގޮތްތަކާއި މިނޫންވެސް ސަމާލުކަންދޭން ޖެހޭ އެކިއެކި ކަންކަން މި ކޭމްޕްގައި ވަނީ ކިޔާދީފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *