މާލޭ ޖަލުގައި ކިޔު ސިސްޓަމް އެއް ޤާއިމް ކޮށްފި

މާލޭ ޖަލުގެ ކައުންޓަރުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ބޭނުންކުރުމަށް ކިޔު ސިސްޓަމް އެއް އެޖަލުގައި މިއަދު ޤާއިމް ކޮށްފި އެވެ.

މި ކިޔު ސިސްޓަމް އަކީ އެޖަލުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަސޭހަ ކަމާ އިންސާފުވެރި ކަމާއިއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ޤާއިމްކުރި ކިޔު ސިސްޓަމް އެކެވެ.

މީގެ އިތުރުން މިޖަލުން ފޯރުކޮށްދޭ އެހެން ގިނަ ޚިދުމަތްތަކަށް ވެސް މިއަހަރުގެ ތެރޭގައި ވަނީ ގިނަ ބަދަލުތަކެއް ގެނެވިފަ އެވެ. އެގޮތުން ޖަލުގައި ބަންދުގައި ތިބޭ ޤައިދީންނާ ބައްދަލުކުރަން އެދި އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ހުށަހެޅުމުން 24 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ބައްދަލުވުން ހަމަޖައްސާދެވެމުންނެވެ. އަދި އާއިލީ ބައްދަލުވުންތަކަށް ޚާއްޞަ ކުރެވިފައި ތަނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެވި، ހުރިހާ އުމުރުފުރާ އަކާއި ވެސް ގުޅޭގޮތަށް ބައްޓަން ކުރެވި މިހާރު ދަނީ ބޭނުން ކުރެވެމުންނެވެ. އެގޮތުން އާއިލީ ބައްދަލުވުންތައް ކުރިއަށްދާތަނަކީ، ކުޑަކުދިންނާ ވެސް ރައްޓެހިމާޙައުލަކަށް ހެދުމަށްޓަކައި ކުޑަކުދިންގެ ޕްލޭ އޭރިއާއެއް މިއަހަރުގެތެރޭގައި ވަނީ އެތަނުގައި ޤާއިމްކުރެވިފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އަބަދުވެސް މަސައްކަތްކުރަނީ މިސަރވިސް އިން ޤައިދީންނަށާއި އާއިލާތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދެފަރާތަށް ވެސް ފަސޭހަ އަދި ފައިދާކުރުވަނިވި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.