ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019: ފައިނަލްގެ ދެވަނަ ޖާގަ މާފުށީ ޖަލުން ކަށަވަރުކޮށްފި

ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019 ގެ ފައިނަލްގެ ދެވަނަ ޖާގަ މާފުށީޖަލުން ކަށަވަރުކޮށްފި އެވެ.

މާފުށީ ޖަލާ އީއެސްޖީ ބައްދަލު ކުރި މެޗު މާފުށީ ޖަލުން ވަނީ 6 0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފަ އެވެ. މި މެޗަށްފަހު އީއެސްޖީ އިން  މި ވަނީ މުބާރާތާ އަލްވަދާއު ކިޔައިފަ އެވެ.

މުބާރާތުގެ ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 9 ވާ ހުކުރު ދުވަހު ހެނދުނު މާފަންނު ޓާފް ދަނޑުގަ އެވެ. މި މެޗުގައި ބައްދަލު ކުރާނީ ޓީމް އެޗްކިޔު އަދި މާފުށީ ޖަލެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާފުށީ ޖަލު ޓީމުގެ ޖާރޒީ ނަންބަރު 23 މުހައްމަދު އައިމަން އެވެ.