ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019: މާފުށީ ޖަލުން ސެމީ ފައިނަލަށް ދަތުރުކޮށްފި

ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019 ގައި މިއަދު ބައްދަލު ކުރި މެޗު 3 3 ގެ ނަތީޖާ އަކުން އެއްވަރުވެއްޖެ އެވެ.

މިއަދުގެ މެޗުގައި ބައްދަލު ކުރީ، މާފުށީ ޖަލާއި އައްސޭރި ޖަލެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، މާފުށީ ޖަލުގެ ޖަރޒީ ނަންބަރު 2 ޖައިލަމް ޖަމީލް އެވެ.

މިމެޗާއެކު މާފުށީ ޖަލުން މިވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

އެއާއެކު މުބާރާތުގެ ފައިނަލުން ތިން ޖާގަ، ޓީމް އެޗްކިޔު، މާފުށީ ޖަލު އަދި އީއެސްޖީ އިން މިވަނީ ކަަވަރުކޮށްފަ އެވެ. ސެމީ ފައިނަލްގެ ހަތަރު ވަނަ ޖާގަ ކަށަވަރު ވާނީ ޓީމް އެޗްކިޔު އަދި އައްސޭރި ޖަލުން ބައްދަލު ކުރާ މެޗަށް ފަހުގަ އެވެ. މި މެޗަށްފަހު ހަތަރުވަނަ ޖާގަ ކަށަވަރުވާނީ މާލެ ޖަލަށް ނުވަތަ އައްސޭރި ޖަލަށެވެ.