ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019: މާލެ ޖަލާ އީއެސްޖީ ވާދަކުރިމެޗް، އީއެސްޖީ އިން ކާމިޔާބުކޮށްފި

ޕީއާރުސީ ފުޓްބޯލް ޓޯރނަމެންޓުގައި މާލެ ޖަލު އަދި އީއެސްޖީ ވާދަކުރި މެޗް އީއެސްޖީ އިން ކާމިޔާބު ކޮށްފި އެވެ.

އީއެސްޖީ މި މެޗް ކާމިޔާބު ކުރީ 4 0 ގެ ނަތީޖާއަކުން މާލެ ޖަލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މެޗާއެކު އީއެސްޖީ މިވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އީއެސްޖީގެ ކޯޕްރަލް އަހްމަދު ސާމިން އެވެ.