ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019: ޓީމް އެޗްކިޔު އަދި އައްސޭރި ޖަލުން ބައްދަލު ކުރި މެޗް ޓީމް އެޗްކިޔު ކާމިޔާބިކޮށްފި

ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019 ގެ މިއަދުގެ މެޗުގައި އައްސޭރި ޖަލާ ވާދަކޮށް 1 0 ގެ ނަތީޖާއަކުން ޓީމް އެޗްކިޔު މެޗް ކާމިޔާބު ކޮށްފި އެވެ.

އައްސޭރިޖަލުން މިއަދު މުބާރާތާ ވަކިވާއިރު އެއްވެސް މެޗަކުން ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ. މިއާއެކު ސެމީ ފައިނަލުގެ ހަތަރުވަނަ ޖާގަ މާލެ ޖަލަށް މިވަނީ ކަށަވަރުވެފަ އެވެ. ޓީމް އެޗްކިޔު ފައިނަލްގައި ބައްދަލުކުރާނީ މާލެ ޖަލާ އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް އެޗްކިޔުގެ ޖަރޒީ ނަންބަރު 8 ލާންސް ކޯޕްރަލް މޫސާ ހަސަން އެވެ.