ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019: ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި ޓީމަކަށް އެޗްކިޔު!

މިހާރު ކުރިއަށްދާ ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓުގެ ފައިނަލްގެ ފުރަތަމަ ޖާގަ އެޗްކިޔު އިން ކަށަވަރުކޮށްފި އެވެ.

ޓީމް އެޗްކިޔު މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މާލެ ޖަލާ ވާދަކޮށް 5 1 ގެ ނަތީޖާ އަކުން މާލެ ޖަލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މީގެއިތުރުން ޓީމް އެޗްކިޔުން އިން ވަނީ މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދައި ލީގު ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޓީމް އެޗްކިޔުގެ ޖަރޒީ ނަންބަރު 10 ހުސެން ނަބީހު އެވެ.

ފައިނަލުގައި ބައްދަލު ކުރާ ދެވަނަ ޓީމް ކަށަވަރުވާނީ، މާދަމާ ކުޅޭ ސެމީގެ ދެވަނަ މެޗަށް ފަހުގަ އެވެ. މި މެޗުގައި ބައްދަލު ކުރާނީ އީއެސްޖީ އަދި މާފުށީ ޖަލެވެ.