ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019: މާފުށީ ޖަލުން މާލެ ޖަލުގެ މައްޗަށް ކުރި ހޯދައިފި

މިހާރު ކުރިއަށްދާ ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓުގައި މާފުށީ ޖަލާ މާލެ ޖަލު ބައްދަލު ކުރި މެޗު މާފުށީ ޖަލުން ކާމިޔާބު ކޮށްފި އެވެ.

މާފުށީ ޖަލުން 4 ގޯލާއެކު މި މެޗު ކާމިޔާބު ކޮށްފައިވާއިރު، މާލެ ޖަލަށް މެޗުގައި އެއްވެސް ލަނޑެއް ޖެހޭގޮތް ވަނީ ނުވެފަ އެވެ.

މި މުބާރާތުގައި މާފުށީ ޖަލުން މިހާތަނަށް 3 މެޗު ކުޅެފައިވެ އެވެ. މާފުށީ ޖަލުން ކުޅުނު ފުރަތަމަ މެޗު ނިމިގެން ދިޔައީ އެއްވެސް ޓީމަކަް ލަނޑެއް ނުޖެހި އެވެ. ދެވަނަ މެޗުގައި އެޗް ކިޔު އަތުން ބަލިވި ނަމަ ވެސް މިއަދުގެ މެޗް މާފުށީ ޖަލުން މިވަނީ ތަފާތުބޮޑުކޮށް މާލެ ޖަލުގެ އަތުން މޮޅުވެފަ އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ޙާޞިލް ކުރީ ފުރަތަމަ މެޗުގެ ވެސް މޮޅުކުޅުންތެރިޔާ އަށް ހޮވުނު މާފުށީ ޖަލުގެ ޖާރޒީ ނަންބަރު 2 ޖައިލަމް ޖަމީލް އެވެ.

މި މުބާރާތަކީ، އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުވުމުގެ މަޤަޞަދުގައި ކުރިއަށް ގެންދާ ޙަރާކާތެކެވެ. އެމްސީއެސް އިން އަންނަނީ އަހަރުގެ އެކި ދުވަސްވަރުގައި އޮފިސަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ އެކި ޙަރަކާތްތައް ރާވާ ހިންގަމުންނެވެ.